ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

8 ޖޫން 2022 12:30

ނަންބަރު

20

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، އިޞްލާހުކުރުމަށް ހުށަހަޅުއްވާފައިވާ ބިލުގައި ނެތް ބައެއް މާއްދާތަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ހުށަހަޅުއްވާފައިވާ އިޞްލާހުތައް ދިރާސާކުރެއްވިއެވެ. 1. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 1-16 ވަނަ މާއްދާގެ (ށ)، 2-16 ވަނަ މާއްދާގެ (ށ) އަދި 3-16 ވަނަ މާއްދާގެ (ރ)އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ހުށަހަޅުއްވާފައިވާ އިޞްލާޙު، އެ މިނިސްޓްރީން ހުށަހަޅުއްވާފައިވާ ގޮތަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 2. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 43، 24 (ށ)، 15 (ހ)، 52 (މ)، 9 (ކ) ގެ ފެށޭ އިބާރާތް، 39 (ހ) (ށ)، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސާބެހޭ ބާބުގެ ނަން " ރިޒޯޓު ހޮޓަލާއި، ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާ ބެހޭ" އަށް ބަދަލުކުރުމަށް، 17،18،19،20،25،26،40 އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ހުށަހަޅުއްވާފައިވާ އިޞްލާޙު، އެ މިނިސްޓްރީން ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރާތީ، އެގޮތަށް އެ މާއްދާތައް ފާސްވީކަމަށް ނިންމިއެވެ. 3. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުން ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ ޖަދުވަލު 1 އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު މިނިސްޓްރީން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އުނިކުރެއްވުން. މިބައްދަލުވުމުގައި ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޚުއްސާން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA