ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

18 ފެބްރުއަރީ 2020 12:30

ނަންބަރު

2

2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުުވުން

ޚުލާސާ

1- މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީ.އައި.ޕީ ލައުންޖުގެ ޚިދުމަތް ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު، ވީ.އައި.ޕީ ލައުންޖް ބޭނުންކުރެއްވޭނީ މެންބަރުންނަށާއި މެންބަރުގެ އަނބިމީހާ/ފިރިމީހާ، ދަރިން، ދޮންދަރިން، މައިންބަފައިން އަދި މެންބަރުގެ އަނބިމީހާ/ފިރިމީހާގެ މައިންބަފައިންނަށް ކަމަށާއި އަދި މެންބަރުންނާއެކު ދަތުރުކުރައްވާ އެހެން ފަރާތްތައް ވީ.އައި.ޕީ ލައުންޖްގެ ޚިދުމަތް ބޭނުންކުރެއްވޭނީ، އެ ޚިދުމަތަށް މެންބަރު އަމިއްލަފުޅަށް ފައިސާ ދައްކަވައިގެން ކަމަށް ކޮމިޓީން ނިްންމެވިއެވެ. 2- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 18 އަހަރު ފުރިފައިވާ ދަރިންނާއި، ދޮން ދަރިންނާއި، މައިންބަފައިންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕަނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅުއްވާފައިވާ 2 ޕްރޮޕޯޒަލްއާ ގުޅޭގޮތުން މަޝްވަރާކުރެއްވުނެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު އެ 2 ޕްރޮޕޯޒަލްގެ ތެރެއިން އެ މެންބަރަކު އިޚްތިޔާރުކުރައްވާ ޕްރޮޕޯޒަލްއަކަށް އެ މެންބަރަކު އަމިއްލަފުޅަށް ފައިސާ ދައްކަވާގޮތަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯއްދެވުމުގެ ފުރުޞަތު ދެއްވުމަށާއި، އެކަމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަމަޖައްސަވައިދެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA