ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

7 ޖޫން 2022 11:00

ނަންބަރު

14

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 14 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފަށް 3 ޑީ.އެޗް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބޮޑު ޕްރިއަމްގައި ގޭސް ގަންނަމުންދާތީ، އެ މައްސަލަ ބައްލަވައިދިނުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭ މަޢުލޫމާތު އެ ކުންފުނިން ސާފުކުރެއްވުމަށް ކޮމިޓީގައި ތިއްބެވި މެންބަރުން އިއުތިރާޒްނުކުރައްވާތީ އެގޮތަށް ނިންމެވިއެވެ. އެއަށްފަހު، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލޓޑ އަށް ޖުލައި 2013 ގައި 50 އަހަރަށް ދޫކުރެވިފައި ތ.ރުށްތިބިރަށް ތަރައްޤީނުކުރެވި ލަސްވާ ސަބަބު ބައްލަވައިދެއްވުމަށް އެދި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ފޮނުއްވާފައިވާ މައްސަލައާ ގުޅޭ މަޢުލޫމާތު އައިލެންޑް އޭވިއޭޝަން ސަރވިސަސް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސާފުކުރެއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން އިއުތިރާޒްނުކުރައްވާތީ އެގޮތަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA