ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

31 މޭ 2022 10:40

ނަންބަރު

20

2022 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިމުނުގޮތުގެ ރިޕޯޓު ފާސްކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ރިޕޯޓު ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވިއެވެ. އެއަށްފަހު ކުރިއަށްގެންދެވީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިޔުމުން ފޮނުވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
2 ޑިސެމްބަރު 2020 - ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA