ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

14 ޖޫން 2022 10:10

ނަންބަރު

22

2022 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށް މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން ލ. އަތޮޅުގެ އަތޮޅު ކައުންސިލާއި، ލ. ގަން، ލ. މާވަށް، ލ. ކުނަހަންދޫ އަދި ލ. ހިތަދޫގެ ރަށު ކައުންސިލުތަކާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް އެދިވަޑައިގެން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މައްސަލައެއް ހުށަހެޅުއްވުމުން އެ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން މަޝްވަރާކުރެއްވުމަށްޓަކައި ނޭޝަނަލް ސޯސަލް ޕްރޮޓެކްޝަން އޭޖެންސީއާއި އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA