ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

14 ޖޫން 2022 10:30

ނަންބަރު

8

2022 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ގަވާއިދުތައް ހެދުމުގައި ދިމާވާ ދަތިތައް ސާފުކުރެއްވުމަށް އެ އިދާރާތަކާއި ވަކިވަކިން ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފޮނުއްވާފައިވާ މާލޭ އަރބަން ސަރަޙައްދުގެ ޕްލޭނިންގ ގަވާއިދާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA