އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

20 ޖޫން 2022 12:30 ނަންބަރު 23

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީ ރިޕޯޓުގެ ޑްރާފްޓް ދިރާސާކުރުމަށް މެންބަރުންނަށް ވަގުތު ބޭނުންވާތީ، ދެން އޮންނަ ބައްދަލުވުމެއްގައި މި މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، "ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލު" ޤާނޫނަކަށްވުމުން އެ ޤާނޫނުގެ ދަށުން އުފެދޭ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒްއާއި މޯލްޑިވްސް ނޭޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އުފެދުމަށްފަހު، ރަޖިސްޓަރީ ނަންބަރު (A-10/96/23) "ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާ" ގެ ނަމުގައި ރަޖިސްޓަރީކޮށްގެން ހިންގަމުން ގެންދާ ޖަމްޢިއްޔާގެ އެންމެހައި ޙަރަކާތްތަކެއް ހުއްޓުމަކަށް ގެނެސް އެ ޖަމްޢިއްޔާ އުވާލުމުގެ އިޖުރާއަތުތައް އެ ޖަމްޢިއްޔާއިން ފުރިހަމަކުރުމަށް އެ ޖަމްޢިއްޔާގެ މައްޗަށް ލާޒިމުކޮށް ހިމަނާފައިވާ އެ ބިލުގެ 62 ވަނަ މާއްދާއާއި ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ދީފައިވާ ޖަވާބާއި ގުޅިގެން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބިލަށް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ، "މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި، ޤައުމީ ފެންވަރުގައި ހިންގާ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއަށް ޙާއްޞަކޮށްފައިވާ ބިން އަދި ބިމުގައިވާ އެންމެހާ ޢިމާރާތްތައް، މި ޤާނޫނުގެ ދަށުން އުފައްދާ 2 ޖަމްޢިއްޔާގެ ނަމުގައި ރަޖިސްޓަރީކޮށްދިނުމުގެ އެންމެހާ ކަންކަން ދަޢުލަތުން ފުރިހަމަކޮށްދޭންވާނެއެވެ."، މި ދެ މާއްދާއާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 މާރިޗު 2022

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

10 ޖުލައި 2019

ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA