ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

20 ޖޫން 2022 12:30

ނަންބަރު

11

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒު ހުށަހަޅުއްވާފައިވާ، ކޮވިޑް-19 ގެ ބަލިމަޑު ކަމުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުން އެދި ގޮވާލާ ހުށަހަޅާ ޤަރާރުގެ ރިޕޯޓާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، ޤަރާރުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ފިޔަވަޅުތަކެއް އެޅި ތަންފީޒުކުރެވިފައިވާ ކަންތައްތަކެއްކަމުން އެ ޤަރާރު ފާސްކުރަން ނުފެންނަކަމަށް ކޮމިޓީން ނިންމުމުގެ ބަދަލުގައި، ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް އައިސްފައިވާ މި ދަތި ދަނޑިވަޅުން ވިޔަފާރިތައް އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ކޮށްދެވޭނެ ކަންތައް ހިމެނުމަށް ފެންނަކަމަށް މެންބަރުން ހާމަކުރެއްވިއެވެ. އެހެންކަމުން، މެންބަރުންގެ ޙިޔާލުތައް ރިޕޯޓުގައި ހިމަނައި، ދެން އަންނަ ބައްދަލުވުމެއްގައި ރިޕޯޓް ފާސްކުރެއްވުމަށް ، މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA