ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

15 ޖޫން 2022 11:05

ނަންބަރު

21

2022 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، އައްޑޫ ސިޓީގެ ބިންހިއްކުމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެ ގޮތުން އެ މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅުއްވި ފަރާތްތަކާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ބޭފުޅުންނާ ބައްދަލުކުރެވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. ދެވަނަކަމަކަށް މިއަދުގެ ބައްދަލުމުގައި ކުރިއަށްގޮސްފައިވަނީ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދައިރު އެ މަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެކަން ކުރިއަށް ގެންދިއުމަށް އެދި ފޮނުވާފައވާ މައްސަލަ އާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން އެ މައްސަލާގައި ގަސްތައް ރީ-ލޮކޯޓް ކުރުމަށް ނިންމަވާފައިވާކަމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތު ދީފައިވާތީ އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA