ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

22 ޖޫން 2022 11:15

ނަންބަރު

13

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މެޖިސްޓްރޭޓުންނަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ 2010 ވަނަ އަހަރު ކަނޑައަޅާފައިވާ މުސާރައެއްކަމަށާއި މެޖިސްޓްރޭޓުންގެ މިހާރުގެ އޮނިގަނޑުގެ ސަބަބުން މެޖިސްޓްރޭޓުން ޢައްޔަންކުރުމަށާއި ދެމެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާތީ، މެޖިސްޓްރޭޓުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެސްދިނުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން،މެޖިސްޓްރޭޓުންނަށް މުސާރައިގެ ކުރިއެރުން ގެނައުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ އެ އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް އިތުރުކުރެވޭނެކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާގޮތަށް މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކޮށްދިނުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. އެއަށްފަހު، ކްރިމިނަލް ކޯޓްގެ ބެކްލޮގް ކްލިއަރ ކުރުމަށް ނުރަސްމީ ގަޑީގައި އަޑުއެހުންތަކަށް ނިކުންނަވާ 10 ޤާޟީންނަށް، މަސައްކަތަށް ނިކުންނަވާ ކޮންމެ ދުވަހަކަށް 500 (ފަސްސަތޭކަ) ރުފިޔާގެ ސްޕެޝަލް ޑިއުޓީ އެލަވެންސްއެއް ހަމަޖައްސަވައި ދެއްވުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހަޅުއްވާފައިވާގޮތަށް ކްރިމިނަލް ކޯޓުގައި ނުނިމި 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޖުމްލަ 1182 މައްސަލަ ނިންމުމަށް، ނުރަސްމީ ގަޑީގައި އަޑުއެހުންތަކަށް ނުކުންނަވާ ކްރިމިނަލް ކޯޓުގެ 10 ޤާޟީންނަށް މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 500 (ފަސް ސަތޭކަ) ރުފިޔާގެ ސްޕެޝަލް ޑިއުޓީ އެލަވަންސްއެއް ހަތަރު މަސްދުވަހުގެ މުއްދަތަށް ހަމަޖައްސައިދިނުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA