ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

20 ޖޫން 2022 11:05

ނަންބަރު

15

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2022 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރެވިފައިވަނ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާ ވަކިކުރުމުގައި ޢަމަލުކުރަމުންދާ އުސޫލާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހެޅިފައިވާ މައްސަލަ ދިރާސާކުރުމެވެ. މިގޮތުން މި މައްސަލައާ ގުޅޭގޮތުން އެކޮމިޝަނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވައި އެކޮމިޝަނުން އެކުލަވާލައްވާފައިވާ އެއްވެސް ޑްރާފްޓެއް ނުވަތަ އިޞްލާޙެއްވާނަމަ، އެ އިޞްލާޙުތައް 28 ޖޫން 2022 ގައި ބާއްވާ ބައްދަލުވުމުގެ ކުރިން ކޮމިޓީއާ ހިއްސާކޮށްދެއްވުމަށް އެ ކޮމިޝަނުގައި ދެންނެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA