ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

27 ޖޫން 2022 10:15

ނަންބަރު

26

2022 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް އެދިވަޑައިގެން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ. އެގޮތުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ބޭފުޅުންނާ ބައްދަލުކުރައްވައި ކޮމިޓީން މަޝްވަރާކުރައްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA