ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

29 ޖޫން 2022 10:00

ނަންބަރު

18

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 18 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުން ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމާ ބޮޑު ޕްރިއަމްގައި ގޭސް ގަންނަމުންދާތީ، އެ މައްސަލަ ބައްލަވައިދިނުމަށް އެދި ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ މައްސަލަ ކޮމިޓީން ދިރާސާކުރެއްވިއިރު ގޭސް ގަތުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަނުކުރެވޭކަމަށާއި އެހެން ނަމަވެސް އެ ކުންފުންޏާ ގުޅޭގޮތުން ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގައިވެސް ދަންނަވާފައިވާ ފަދައިން ގޭސް ޓޭންކުތަކުގެ ސްޓޯރޭޖް ކެޕާސިޓީ ބޮޑުކުރުމަށް އެ ކުންފުންޏަށް ދެންނެވުމަށާއި މިހާރު އެ ކުންފުނިން ގޭސް ގަންނަމުންދަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތަށް އޯޕެން ޓެންޑަރއަށް ހުޅުވައިގެން ޓެންޑަރއިން ކާމިޔާބު ކުރާ ސަޕްލަޔަރެއްގެ އަތުންކަމަށްވާތީ، އެ އުސޫލު ރަނގަޅުކަމަށް ކޮމިޓީއަށް ފެންނަކަމަށް އެ ކުންފުންޏަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA