ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2020 23:00

ނަންބަރު

1

އިޖްތިމާޢީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ، ޢުމުރުން 55 އަހަރާއި 65 އަހަރާއި ދެމެދު ވަޒީފާ ދޫކޮށްލަންޖެހޭ މުވައްޒަފުންނަށާއި، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް އެއްވެސް މާލީ ޢިނާޔަތެއް ލިބޭނެ ގޮތެއް ނެތުމުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން ޢާންމުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި، ސިވިލް ސަރވިސް ކޮމިޝަނުންނާއި، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީންނާއި، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ކޮންސްޓްރަކްޝަން އިންޑަސްޓްރީންނާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން ފޮނުއްވާފައިވާ ކޮމެންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އިތުރަށް މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ދައުލަތުން ބަލަހައްޓާ ކުޑަކުދިން ބޭތިއްބުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކާއި، އެ ތަންތަނުގެ ޖާގަ އަދި ވަސީލަތްތަކުގެ ތަފްޞީލް ހޯއްދެވުމަށް އެދި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA