ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

30 ޖޫން 2022 12:30

ނަންބަރު

14

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ޚާއްޞަކުރެވިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލައްވައި ނެރުއްވާފައިވާ ހުދުކަރުދާސް ދިރާސާކުރެއްވުމަށްފަހު، ސަބް-ކޮމިޓީން ހުށަހެޅުއްވި ރިކޮމެންޑޭޝަންތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީން ނިންމެވި ރިކޮމެންޑޭޝަންތައް ހިމަނައިގެން މައްސަލައާގުޅޭ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA