ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

30 ޖޫން 2022 10:05

ނަންބަރު

23

2022 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، އައްޑޫ ސިޓީގެ ބިންހިއްކުމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރުމެވެ. މިއަދުގެ ބައްދަލުވުމުގައި ކުނި މެނޭޖުކުރުމުގެ ބިލްގެ ސުންގަޑިއަކީ 25 އޮކްޓޫބަރު 2022 ކަމުގައި ކަނޑއަޅާފައިވެއެވެ. އަދި ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރޮޓީގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލްގެ ސުންގަޑި އަކީ 20 ސެޕްޓެންބަރު 2022 ކަމުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އެ ބިލްތަކާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ކަމާގުޅޭ އިދާރާތަކަށް ފޮނުވުމަށާއި ޢާންމުންގެ ޚިޔާލު ހޯދުމަށް ޢާންމުކޮށް ޢިއުލާންކުރުމަށް ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA