ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

29 އޯގަސްޓު 2022 11:05 ނަންބަރު 36

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި އަކަށް 15 ސެޕްޓެންބަރު 2022 ކަމުގައި ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ބާ ކައުންސިލުން ކޮމިޓީއަށް ބައްދަލުކުރެއްވުން އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙުގެ ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 އޯގަސްޓު 2022

ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

27 ޖޫން 2022

ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA