ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 އޯގަސްޓު 2022 12:30

ނަންބަރު

15

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި،ދައުލަތުގެ ވަކި އިދާރާއެއްގެ ނުވަތަ ސަރުކާރުން ހިންގާ ވަކި ޕްރޮގްރާމެއްގެ ޙާއްޞަ އޮޑިޓެއް މި ވޯރކް ޕްލޭނުގައި ހިމަނައިގެން ކުރިޔަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީން ބޭނުންފުޅުވާނަމަ، އެކަން އެ އޮފީހަށް އަންގަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މެންބަރުން އެ ވޯރކް ޕްލޭންގައި ހިމަނަން ބޭނުންފުޅުވާ ދާއިރާއެއް އޮތްނަމަ، މާދަމާ 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ ކުރިން ކޮމިޓީގެ އިދާރީ މުވައްޒަފުންނަށް ދެންނެވުމަށް ކޮމިޓީގެ މުޤައްރިރު ނިންމެވިއެވެ. ދެން، ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު)ގެ 10 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން ދިރާސާކުރެއްވުމަށް މެންބަރުންނަށް ފުރުޞަތުދިނުމަށްފަހު ދެން އަންނަ ބައްދަލުވުމަކަށް އެޖެންޑާކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ ލޯނު އަދި ގެރެންޓީއާގުޅޭ މަޢުލޫމާތުތައް މެންބަރުންނާ ޙިއްޞާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 އޯގަސްޓު 2022

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރުމުގެް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް ދޫކޮށްފައިވާ ފެސިލިޓީއަށް ބޭންކް އޮފް މޯލްޑިވްސް އިޝޫކޮށްފައިވާ ސޮވަރިންގ ގެރެންޓީގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

16 އޯގަސްޓު 2022

ސަރުކާރުން ހިންގާ ވަކި ޕްރޮގްރާމެއްގެ ޙާއްޞަ އޮޑިޓެއް ވޯރކް ޕްލޭނުގައި ހިމަނައިނަން ބޭނުންފުޅުވާނަމަ، އެކަން އެންގެވުމަށް އެދި އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ ސިޓީއާގުޅޭ

ކޮމެޓީ މަސައްކަތް ނިމިފައި

1 އޯގަސްޓު 2022

މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން

ކޮމެޓީ މަސައްކަތް ނިމިފައި

17 ޖުލައި 2022

އީ.އައި.ބީގެ ސައުތު އޭޝިޔާ ޕަބްލިކް ހެލްތްކެއަރ ކޮވިޑް-19 ފެސިލިޓީގެ ތެރެއިން ދެވިފައިވާ ލޯނުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

30 ޖޫން 2022

ގުޅީފަޅު މަޝްރޫޢު ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބިންހިއްކުމުގެ މަޝްރޫޢަށް ހަމަޖެއްސެވި ފައިނޭންސް ފެސިލިޓީގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

30 ޖޫން 2022

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް "ސަޕޯޓް ޕީޕަލްސް ލައިވްހުޑް އިން ދަ ފިޝަރީ ސެކްޓާ އިން ދަ މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނާޖީ ޕްރޮޖެކްޓް" ފޯރުކޮށްދީފައިވާ ލޯނު އަދި އެހީގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA