ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2022 11:00

ނަންބަރު

19

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 19 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަންފީޛުކުރުމަށް ހަވާލުކޮށްފައިވާ ހަވާލުކުރުން 23 ޖޫން 2022 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފިކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި އެ ކައުންސިލުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލައިގެ މަޢުލޫމާތު ސާފުކުރުމަށް މާލޭ ސިޓީ ކައުންސިލާއި، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި މި މައްސަލައަކީ ލާމަރުކަޒީ ކޮމިޓީން ވެސް ބައްލަވަމުންގެންދަވާ މައްސަލައެއްކަމުން މި މައްސަލައިގެ ސްޓޭޓަސް އެ ކޮމިޓީން ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސްތަކާ ގުޅޭގޮތުން އެ ބޭންކުތަކަށް ދިމާވާ ދަތިތައް ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭ މަޢުލޫމާތު އިތުރަށް ދިރާސާކުރެއްވުމަށް ވަގުތު ދޭން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA