ލާމަރުކަޒީ ކޮމިޓީ

2020 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

25 ފެބްރުއަރީ 2020 11:00 ނަންބަރު 5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްތަކުގެ އިޚްތިޞާސްގެ ދަށުގައިވާ ބިންތައް ކުއްޔަށްދިނުމުގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ހުރި ފުށުއެރުންތަކާ ގުޅޭގޮތުން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނައި ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކުރުމުގަޔާއި ފާސްކުރުމުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ 1. އަލްފާޟިލް މުޙައްމަދު ޝާފީ ޑިރެކްޓަރ ޖެނެރަލް 2. އަލްއުސްތާޛާ ޢާއިޝަތު އިބާދާ ލީގަލް އެސިސްޓެންޓް ލޯކަލް ގަވަރމަންޓް އޮތޯރިޓީ 1. އަލްފާޟިލް ޝަމްޢޫން އާދަމް ޑިރެކްޓަރ ޖެނެރަލް 2. އަލްފާޟިލް އަޙްމަދު ޝިހާދު ޑިރެކްޓަރ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ފެބްރުއަރީ 2020

ކައުންސިލްތަކުން ބިންތައް ކުއްޔަށްދިނުމުގައި ލާމަރުކަޒީ ޤާނޫނު އާއި ބިމާބެހޭ ގަވާއިދުތަކުގައިވާ ފުށުއެރުންތަކުގައި ޢަމަލުކުރަންވީ ގޮތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA