ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

26 ފެބްރުއަރީ 2020 11:00

ނަންބަރު

14

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ތިރީގައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ނޭޝަނަލް ޕޭ ކޮމިޝަނުގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. • ލޯކަލް ކައުންސިލްގެ އިންތިހާބީ މަޤާމުތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލް މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލް ހިމަނުއްވައި ފޮނުއްވާފައިވާ މައްސަލަ. އެގޮތުން، އެބޭފުޅުން މުސާރައިގެ މިންގަނޑުތައް ކަނޑައެޅުމުގައި ބެއްލެވި އަސާސްތައް ސާފުކުރައްވައި ރަށު ކައުންސިލްގެ ރައީސްއާ މެންބަރުންނަށް ހުށަހަޅުއްވާފައިވާ މުސާރައިގެ ފަރަޤު ބޮޑުކަމަށް މެންބަރުން ފާހަގަކުރެއްވި މައްސަލައިގައި މެދުމިނުގެ ޙައްލަކަށް ވަޑައިގެންދެއްވުމަށް ކޮމިޓީގެ މެންބަރުން އެދިލެއްވިއެވެ. • ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 12 ސެޕްޓެންބަރު 2019 ގައި ޢަމަލުކުރަން ފެށުމާ ގުޅިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުގެ މެންބަރުންނަށް މުސާރަ ދިނުމުގައި ޢަމަލުކުރާނެ އުސޫލަކާ ގުޅޭގޮތުން ލަފައަކަށް އެދި އެ އޮޓޯރިޓީން ފޮނުއްވާފައިވާ މައްސަލަ. އެގޮތުން، މައްސަލައާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި ނުކުތާތައް: o ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި ޢައްޔަންކުރުމާއެކު، އެ ތާރީޚުން ފެށިގެން ކުރީގެ ކޮމިޝަނަރ ޖެނެރަލަށް ބޯޑުގެ މުސާރަ ދެވޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް. o އަލަށް އެކުލަވާލެވުނު ބޯޑުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނިވަޑައިގަންނަވަނީ މަޤާމުގެ ޙައިޞިއްޔަތުގެ ގޮތުން ކަމަށްވާތީ، އައު ކޮމިޝަނަރ ޖެނެރަލްއަށް ބޯޑުގެ މުސާރަ ދޭން ފެނިވަޑައިނުގަންނަވާކަމަށް. o ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި ޢައްޔަންކުރުމާއެކު، މިހާރުގެ ޗެއަރޕަރސަންއަށް ބޯޑުގެ މުސާރަ ދޭން އެންމެ ރަނގަޅުކަމަށް. އެއަށްފަހު، އޮޑިޓް ޤާނުނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، އޮޑިޓަރ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް މުސްތަޤީއްލު އޮޑިޓަރެއް ޢައްޔަންކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އޮޑިޓް ޕްރޮޕޯސަލް ހުށަހަޅުއްވާފައިވަނީ ކްރޯ މޯލްޑިވްސް އަދި އެމް.އެޗް.ޕީ.އޭ އިން ނަމަވެސް، އެމް.އެޗް.ޕީ.އޭ އިން ޕްރޮޕޯސަލްގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޮޑިޓް ފީގެ 50% ހިމަނުއްވާފައިވާތީ، މިއީ މާލިއްޔަތުގެ ގަވާއިދާ ޚިލާފުކަމެއް ކަމުގައިވާތީ، ޕްރޮޕޯސަލް ބާތިލްކުރުމަށް ނިންމަވައި، ކްރޯ މޯލްޑިވްސްއަށް އޮޑިޓްގެ މަސައްކަތް ޙަވާލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA