މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 6 (ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީ)

ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގެ 2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

5 ސެޕްޓެމްބަރު 2022 10:00 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއިދުކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަންފުޅު ވަނީ ކޮމިޓީގައި އެ ވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއިދުކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ނަންފުޅު ވަނީ ކޮމިޓީގައި އެ ވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. އެއަށްފަހު، ސަބް ކޮމިޓީތައް ހިންގުމަށް ހެދިފައިވާ ގަވާއިދާ އެއްގޮތަށް މި ކޮމިޓީ ކުރިއަށް ގެންދިއުމަށް، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ތާއީދުކުރެއްވި ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާޤުން ފާސްވެފައިވެއެވެ. ދެން ބިލާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ޢާންމުގެ ޚިޔާލު ހޯއްދެވުމަށްފަހު ބިލު ދިރާސާކުރުމުގެ މަސައްކަތް ފެށުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 ޖޫން 2022

ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA