ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

14 ސެޕްޓެމްބަރު 2022 12:30

ނަންބަރު

27

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ ކުންފުނި ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، މިހާރު އަމަލުކުރަމުންދާ ކުންފުނި ޤާނޫނަކީ ވަރަށް ދުވަސްވީ ޤާނޫނަކަށްވުމާއެކު، ޒަމާނާ ގުޅުންހުރި ބައެއް ކަންކަން ހިމަނައިގެން ޤާނޫނާއި، ޤަވާޢިދުތަކާއި، ޕްރޮސެސްތަކުގައި ހުރި ފުށުއެރުންތައް ޙައްލުވާނެގޮތަށް ހުށަހެޅިފައިވާ ބިލެއްކަމަށް ފާހަގަކުރެއްވިއެވެ. މި ބިލުން ގެނެވޭ މައިގަނޑު އެއް ބަދަލަކީ ސިންގަލް ޝެއަރހޯލްޑަރ ކޮންސެޕްޓް ތަޢާރަފުކުރެވިގެން ދިއުމުގެ އިތުރުން ކުންފުނީގެ ބާވަތްތަކުގެ ތެރޭގައި ސަރުކާރު ކުންފުނި އަދި ލޯކަލް އޮތޯރިޓީ ކުންފުނި ހިމެނުންކަމަށްވެސް ފާހަގަކުރެއްވިއެވެ. މިނިސްޓްރީން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ބިލުގައި ހިމެނޭ 16 ބާބުގެ މައިގަނޑު އަސާސްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މިނިސްޓްރީން ހުށަހެޅުއްވި ޕްރެޒެންޓޭޝަން އަދި ކުންފުނި ބިލާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ މިނިސްޓްރީން ސާފުކޮށްދެއްވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
6 އޭޕްރީލު 2022 - ކުންފުނީގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA