ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

12 ސެޕްޓެމްބަރު 2022 11:30

ނަންބަރު

22

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކްތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްސްތަކުގެ ޕްރޮޕަޓީސްތަކާ ގުޅޭގޮތުން އެ ބޭންކުތަކަށް ދިމާވާ ދަތިތައް ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައިގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ރިޕޯޓުގައިވާ ކޮމިޓީގެ ނިންމުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ތިރީގައިވާ ހުށަހެޅުންތަކާއެކު ކޮމިޓީ ރިޕޯޓު ފާސްކުރެއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA