ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

1 މާރިޗު 2020 20:05

ނަންބަރު

18

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިރޭގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމްއާއި، ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދާއި، ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާހީމް ޝަހީޤު އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ 17 ފެބުރުވަރީ 2020 ގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ 7 ވަނަ ޖަލްސާގައި، އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، އެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމުމެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ތިރީގައިވާ 4 މެންބަރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތްކަމަށް ކޮމިޓީއަށް ފެންނަކަމަށް، 1 މާރިޗު 2020 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މި އަހަރުގެ 18 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރިއެވެ. އެ މެންބަރުންނަކީ: 1. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް؛ 2. ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދު؛ 3. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާހީމް ޝަހީޤު؛ އަދި 4. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA