ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

14 ސެޕްޓެމްބަރު 2022 10:00

ނަންބަރު

24

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަންފީޛުކުރުމަށް ހަވާލުކޮށްފައިވާ ހަވާލުކުރުން 23 ޖޫން 2022 ވަނަ ދުވަހުންފެށިގެން ނިމުމަކަށް ގެނެސްފިކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި އެ ކައުންސިލުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ ޕްރޮޖެކްޓް ކުރިއަށްގެންދަން މާލެ ސިޓީ ކައުންސިލާއި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތިންވަނަ އިޞްލާޙު ކޮމިޓީއަށް ލިބިފައިނުވާތީ، އެ އިޞްލާޙު ހޯދުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA