ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

30 އޯގަސްޓު 2022 10:15

ނަންބަރު

24

2022 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގޮސްފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމްއެއް ވިލިމާލެ ފަރަށްއަރައި ބޮޑެތި ގެއްލުންތަކެއްވަމުން ދިޔައިރުވެސް އެ ޕްލެޓްފޯމް އެތަނުން ނެގުމަށް އެކަށީގެންވާ މަސައްކަތްތަކަށް ކުރަމުން ނުދާތީއާއި އެކަމުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން އެ ޕްލެޓްފޯމް ފުންކޮށްފައިވާތީއާއި އެ ފަރަށް ލިބިފައިވާ ގެއްލުންތައް އީ.ޕީ.އޭ އިން ބަލަމުންދާތީ އެކަން މައްސަލަ ހުށަހެޅުއްވި މެންބަރުގެ މަޢުލޫމާތަށްޓަކައި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތު ސާފުރުމަށް ކޮމިޓީން ނިންމެވިއެވެ. ތިންވަނަ ކަމަކަށް، ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލްއާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ބައްދަލުކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA