މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

2 މާރިޗު 2020 14:05 ނަންބަރު 19

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީގައި މިވަގުތު ނުނިމި ހުރި ބިލްތައް ދިރާސާ ކުރުމާ ގުޅޭގޮތުންނެވެ. އެހެންނަމަވެސް ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ މެދުގައި ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ބަހުސްކުރެއްވުމަށްފަހު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ 2020 ވަނަ އަހަރުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރަކު މަޤާމުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާއިރު އެ ކޮމިޝަންގެ 4 މެންބަރުންގެ އިތުރުން، ޕަބްލިކުގައި އިތުބާރު ހޯދުމަށްޓަކައި މިހާރު އިތުރަށް އިންނެވި އެ ކޮމިޝަންގެ މެންބަރު އަލްފާޟިލާ ފާޠިމަތު އާމިރާ ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށް މިވަގުތު ހުރި މައްސަލަތައް އެ މެންބަރާއި ދޭތެރޭގައި ވެސް ބަލާލަން މުހިންމުކަމަށް ފެންނާތީ އެކަމަނާ ކޮމިޓީއަށް ހާޟިރުކޮށް ސުވާލު ކުރުމަށް މިނިވަން މުއައްސާކޮމިޓީގައި (ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ހުށަހަޅައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ތާއިދު ކުރި ހުށަހެޅުން) ހުށަހެޅި ތާއިދު ލިބި ކޮމިޓީގެ އަޣުލަބީއްޔަތުން (8/6 ވޯޓު) ފާސްވެފައިވާ ހުށަހެޅުމަކަށްވެފައި މި ހުށަހެޅުމާ އެއްގޮތަށް ކޮމިޓީން އަމަލުކޮށްފައި ނުވާތީ، އަލުން އެ ހުށަހެޅުމަށް އަމަލު ކޮށްދެއްވުން އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ތިއްބެވި 9 މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުންވަނީ ފާސްވެފައެވެ. އެއަށްފަހުން ކޮމިޓީއަށް 2 މާރިޗު 2020 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 13 ވަނަ ޖަލްސާގައި އިލެކްޝަންސް ކޮމިޗަންގެ މެންބަރެއްގެ މަޤާމު ހުސްވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްތަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކޮމިޓީން ފާސްކުރެއްވިއެވެ. • އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް އިޢުލާނު ކުރުން – 2 މާރިޗު 2020 – 8 މާރިޗު 2020 އަށް • އިންޓަވިއު ކުރާނެ ދުވަސް – 10 މާރިޗު 2020 • ޝަރުތު ހަމަވޭތޯ ބެލުމަށް އެކުލަވާލުވުނު އިދާރީ ޕެނަލް – އަޙްމަދު ނާޒިމް މުޙައްމަދު ، ފާތިމަތު ނަދާ، ޝަހުޒާދު ސަޢީދު މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ހުށަހަޅުއްވައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު އަލްފާޟިލާ ޒީނާ ޒާހިރު ކޮމިޓީއަށް ހާޒިރު ކުރުމުގެ މައްސަލަ ވީހާވެސް އަވަހަށް ކޮމިޓީން ނިންމެވުމަށްޓަކައި އެ މައްސަލަ ކޮމިޓީގެ އެޖެންޑާގައި ހިމަނުއްވައި ދެއްވުމަށެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި ގޮތެއް ނިންމެވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 ޖުލައި 2020

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

2 މާރިޗު 2020

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ފާތުމަތު އާމިރާ ގެމައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކާގުޅޭ މަައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 ސެޕްޓެމްބަރު 2019

ޤާނޫނު ނަންބަރު 13/2008(އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް އިސްލާހުގެނައުމުގެ ބިލު ދިރާސާކުރެއްވުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA