ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

21 ސެޕްޓެމްބަރު 2022 11:00

ނަންބަރު

27

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލަ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ މަޝްވަރާކުރައްވައިގެން މި މައްސަލަ ޙައްލުކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް ދެންނެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ، މި ހުށަހެޅުއްވުން ފާސްވިއެވެ. އެއަށްފަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ޤަރާރާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ އިން އިތުރު މަޢުލޫމާތު ހޯދުމަށްވެސް ނިންމެވިއެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިސްތިޢުފާ ދެއްވިއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއަށާއި ޗެއަރޕާސަންއަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާތީ، އެކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުންޏަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމާފައިވާތީ، އެ ބޯނަސް ދޭ އުސޫލު އަދި ބޯނަސް ދެނީ ކުންފުނީގެ ފައިދާއިންތޯ ސާފުކުރެއްވުމަށް އެ ކުންފުންޏަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA