ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

2 މާރިޗު 2020 10:00

ނަންބަރު

10

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އިފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލައެވެ. އެގޮތުން، މިމައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި، ހުށަހެޅި ތާއީދު ލިބިފައިވަނީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދު ކުރައްވައި ހުށަހެޅި ހުށަހެޅުމަށެވެ. އެއީ މި މަސައްކަތް 11 މާރިޗް 2020 އަށް ނިންމުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީގެ އަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އަޢްލަބިއްޔަތުން ފާސްވެފައެވެ. އެއަށްފަހު، މިމައްސަލަ ކޮމިޓީން ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA