ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

28 ސެޕްޓެމްބަރު 2022 12:30

ނަންބަރު

29

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އެ އޮތޯރީޓީއަށް ކަނޑައެޅިފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކޮށްފައިވާ ކަންތައްތައް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށް އެ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، މީރާއިން ބަލައިގެތް އާމްދަނީގެ ތަފްޞީލުތަކާއި، ޓެކްސް ދައްކާ ފަރާތްތައް ހޭލުންތެރި ކުރުވުމަށާއި، ޓެކްސް ނިޒާމު ހިންގުމަށާއި، ޤާނޫނަށް ބޯލެނބުވުމަށާއި، ނުލިބި ހުރި ފައިސާ ހޯދުމަށާއި، އިދާރީ ހިންގުމާއި މުވައްޒަފުންނާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށާއި، އިދާރީ ހިންގުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި، ރައްކާތެރި މާޙައުލެއްގައި އައިޓީ ސިސްޓަމްތައް ޤާއިމުކުރުމަށާއި، އެހެން އިދާރާތަކާއި ޖަމާއަތްތަކާ އޮންނަ ގުޅުން ޤާއިމުކުރުމަށާއި ހަރުދަނާކުރުމަށް 2020 އަދި 2021 ވަނަ އަހަރުގައި ކުރައްވާފައިވާ މަސައްކަތާއި އެ އަހަރުތައް ނިމުނު އިރު ހުރި ޙާލަތާ ގުޅޭ މަޢުލޫމާތު ޕްރެޒެންޓޭޝަންގައި ހިއްސާކުރައްވާފައިވެއެވެ. އަހަރު ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންއާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ އޮތޯރިޓީން ސާފުކޮށްދެއްވާފައިވެއެވެ. އަހަރު ރިޕޯޓުތައް ދިރާސާކުރެއްވުމުގެ ގޮތުން، އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ އޮފީހުގެ ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
3 އޯގަސްޓު 2021 - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA