ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

26 ސެޕްޓެމްބަރު 2022 11:00

ނަންބަރު

28

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ފޮރުވުމަށާއި އަދި ޚިޔާނާތާގުޅޭ 30 މައްސަލައެއް ނުބަލައި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލާފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ކުރީގެ ޗީފް އިންޓަރނަލް އޮޑިޓަރާ ބައްދަލުކުރެއްވިއެވެ. އެގޮތުން އޭރު އެ ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ކަންތައްތަކުގެ މަޢުލޫމާތު އެބޭފުޅާ ވަރަށް ތަފްޞީލްކޮށް ކިޔައިދެއްވިއެވެ. އަދި އެކަމާ ގުޅޭ މަޢުލޫމާތު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޙިއްޞާކުރައްވާފައިވާކަމަށް އެބޭފުޅާ ވިދާޅުވެފައިވާތީ، އެ ބޯޑުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA