ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

5 އޮކްޓޯބަރު 2022 12:30

ނަންބަރު

32

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ މިނިސްޓްރީ އޮފް ފިނޭންސް އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީއަށް ކަނޑައެޅިފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކޮށްފައިވާ ކަންތައްތައް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ދައުލަތުގެ ބަޖެޓާއި، އާމްދަނީ އަދި ޚަރަދާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި، ދައުލަތަށް ލިބޭ ހިލޭ އެހީއާއި އަދި ދައުލަތުގެ ދަރަނީގެ ކަންކަން ބެލެހެއްޓުމާއި، ސަރުކާރުން އެކި ފަރާތްތަކަށް ދޫކުރާ ލޯނުތަކާއި، ދައުލަތުގެ ނަމުގައި ދީފައވާ ގެރެންޓީއާއި، ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ޕަބްލިކް ޕްރޮކިއުމަންޓާއި ގުޅޭ ކަންކަން ބެލެހެއްޓުން އަދި ދައުލަތުގެ އިންޓާރނަލް އޮޑިޓާ ގުޅިގެން މިނިސްޓްރީން 2020 އަދި 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި އެ އަހަރުތައް ނިމުނުއިރު ހާސިލުކުރެވިފައިވާ މިންވަރު ޕްރެޒެންޓޭޝަންގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއެޓާއި ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓޭރިއެޓުން 2020 އަދި 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި އެ އަހަރުތައް ނިމުނުއިރު ހާސިލުކުރެވިފައިވާ މިންވަރުވެސް އެ ޕްރެޒެންޓޭޝަންގައި ހިއްސާކުރައްވާފައިވެއެވެ. އަހަރު ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންއާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ މިނިސްޓްރީން ސާފުކޮށްދެއްވާފައިވެއެވެ. އަހަރު ރިޕޯޓުތައް ދިރާސާކުރެއްވުމުގެ ގޮތުން، އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ އޮފީހުގެ ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA