ގަވާއިދު ކޮމިޓީ

2022 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

20 ސެޕްޓެމްބަރު 2022 10:10 ނަންބަރު 13

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދުތަކަކީ އެ ޤާނޫނުން ބާރުލިބިގެން، އެ ޤާނޫނު ޚުދޫދުގެ ތެރެއިން ހެދިފައިވާ ގަވާއިދުތަކެއްތޯ ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރަކުރުމަށްފަހު، މި ވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް ނިންމިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް ޢަމަލުކުރެއްވުމުގެ މުއްދަތު މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހަމަވާތީ، އެ މުއްދަތު މޭ މަހުގެ ނިޔަލަށް އިތުރުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

20 ސެޕްޓެމްބަރު 2022

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ20.9.2022

ކޮމެޓީ މަސައްކަތް ނިމިފައި

13 ސެޕްޓެމްބަރު 2022

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނުތައް ހެދިފައިވަނީ އެ ޤަވާއިދުގެ ޙުދޫދުގެ ތެރެއިންތޯ ބެލުން.

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA