ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 10 ވަނަ ބައްދަލުވުން

2 ޖުލައި 2019 11:00 ނަންބަރު 10

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ގުޅުން ޕލކ (ޑިރާގު) ގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމަކީ ކޮމިޓީން ހޯދަން އެދިފައިވާ މަޢުލޫމާތުތަކުގެ ތެރެއިން ކުންފުނީގެ ޑިވެލޮޕްމަންޓް ޕްލޭންއާއި، ކުންފުނީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭންއާއި ކުންފުނީގެ ޕްރޮކިއުމަންޓް ޕްރޮސީޖަރ އަކީ އެ ކުންފުނީގެ ވިޔަފާރީގެ ސިއްރު އަދި ސެންސިޓިވް މަޢުލޫމާތަކަށްވުމުން އެ މަޢުލޫމާތު ކޮމިޓީގެ މެންބަރުންނާ ޙިއްޞާކުރެއްވުމަށް ދިރާގުން އެދިވަޑައިގެން ބޭއްވެވި ބައްދަލުވުމެކެވެ. އެހެންކަމުން މިކަންކަމާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދެއްވާ މެންބަރުންގެ ސުވާލުތަކަށް އެބޭފުޅުން ޖަވާބުދެއްވިއެވެ. އަދި އެބޭފުޅުންނަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތުވެސް ކޮމިޓީގެ މެންބަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހައްދަވާފައިވާ އެ ކުންފުނީގެ ފައިނެންޝަލް ރިވިއު އަދި އެއްވެސް ރިކޮމެންޑޭޝަނެއް ދިރާގާ ޙިއްސާކުރެވިފައި ނުވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޖޫން 2019

ދައުލަތުގެ ކުންފުނިތަކާއި، ވިޔަފާރި އިދާރާތަކުގެ ޙާލަތު ދެނެގަތުމާއި، މާލީ ހިސާބުތައް ދިރާސާކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA