ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

5 އޮކްޓޯބަރު 2022 10:30

ނަންބަރު

15

2022 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށްފަހު ގެޒެޓްކޮށްދެއްވުން އެދި ޕްލޭނިންގ މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް އެ ގަވާއިދު ގެޒެޓްކުރައްވާފައިނުވާތީއާއި، ކޮމިޓީން ފާސްކޮށްފައިނުވާ ގަވާއިދަކަށް ޢަމަލުކުރައްވަމުން ގެންދަވާތީ، އެ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އަދި އެމައްސަލައާ ގުޅިހެން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް ޤާނޫނާއި ގަވާއިދާ ޚިލާފުކަމެއްކަމަށް ލަފާލިބިފައިވުމާއިއެކުވެސް، މިނިސްޓްރީއިން އިސްވެ ދެންނެވި ގަވާއިދު ގެޒެޓްކޮށްފައި ނުވުމުގެ ސަބަބުން ކުރިއަށް އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކުރައްވާ، މި މައްސަލައިގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމެވުމަށް އެ މައްސަލައިގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި 7 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA