ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

11 އޮކްޓޯބަރު 2022 12:30

ނަންބަރު

33

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީއަށް ކަނޑައެޅިފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކޮށްފައިވާ ކަންތައްތައް 2021 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ފަތުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދުމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން "ޕޮޒިޝަން" ކުރުމާއި "ބްރޭންޑް" ކުރުމުގެ އުސޫލުތައް ކަނޑައެޅުމަށާއި، ފަތުރުވެރިކަމާ ގުޅުންހުރި ގަވާއިދުތަކާއި ޤާނޫނުތަކާއި، ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުންދާގޮތް ދިރާސާކޮށް ރިޕޯޓުތައް އެކުލަވާލުމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމުން ރަޖިސްޓަރީ ކުރަންޖެހޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ދޫކުރަންޖެހޭ ހުއްދަތައް ދޫކޮށް ބަލަހައްޓަންޖެހޭ މަޢުލޫމާތުތަކުގެ ދަފްތަރުތައް ބެލެހެއްޓުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހެލްތް އެންޑް ސޭފްޓީ މިންގަނޑު ހިފަހައްޓާފައިވާ މިންވަރާއި، ޓޫރިޒަމް މާސްޓަރ ޕްލޭން އެކުލަވާލުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ދައުރު އިތުރުކުރުމަށާއި، އިންސާނީ ވަސީލަތް އަދި ޕްރޮފެޝަނަލް މީހުން ބިނާކުރުމަށާއި، މާލީ ބަޔާންތަކާއި އޮޑިޓާއި، މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް އޮނިގަނޑު އަދި އިންޓަރނަލް ކޮންޓްރޯލް އަދި މިނިސްޓްރީއާމެދު ސްޓޭކްހޯލްޑަރުންގެ ތަޞައްވުރާއި އިތުބާރު އޮތް މިންވަރު ވަޒަންކުރުމަށް މިނިސްޓްރީން 2019، 2020 އަދި 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި އެ އަހަރުތައް ނިމުނުއިރު ހާސިލުކުރެވިފައިވާ މިންވަރު ޕްރެޒެންޓޭޝަންގައި ފާހަގަކުރައްވާފައިވެއެވެ. އަހަރު ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންއާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ މިނިސްޓްރީން ސާފުކޮށްދެއްވާފައިވެއެވެ. އަހަރު ރިޕޯޓުތައް ދިރާސާކުރެއްވުމުގެ ގޮތުން، އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ އޮފީހުގެ ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
10 ޖެނުއަރީ 2021 - މިނިސްޓްރީ އޮފް ޓުއަރިޒަމްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA