ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 އޮކްޓޯބަރު 2022 11:00

ނަންބަރު

34

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ 2019، 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީއަށް ކަނޑައެޅިފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކޮށްފައިވާ ކަންތައްތައް 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި މިނިސްޓްރީގެ މަސައްކަތްތައް ބައްޓަން ކުރައްވާފައިވަނީ "ނެޝަނަލް ރިކަވަރީ އެންޑް ރިސިލިއަންސް" ޕްލޭންގައި އެ މިނިސްޓްރީއަށް ކަނޑައެޅިފައިވާ ލަނޑުދަޑިތައް ހާސިލުކުރުމަށްކަން ފާހަގަކުރައްވައި، ޕްރެޒެންޓޭޝަން އަމާޒުކުރައްވާފައިވަނީ "ނެޝަނަލް ރިކަވަރީ އެންޑް ރިސިލިއަންސް" އާ ގުޅުންހުރި އިންޑިކޭޓަރސްތަކަށެވެ. އަދި ޕްރެޒެންޓޭޝަންއާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ މިނިސްޓްރީން ސާފުކޮށްދެއްވާފައިވެއެވެ. އަހަރު ރިޕޯޓުތައް ދިރާސާކުރެއްވުމުގެ ގޮތުން، އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ އޮފީހުގެ ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
26 ސެޕްޓެމްބަރު 2022 - މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ 2019، 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA