ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 އޮކްޓޯބަރު 2022 11:30

ނަންބަރު

35

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރވިސްއަށް ކަނޑައެޅިފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކޮށްފައިވާ ކަންތައްތައް 2021 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށް އެ ސަރވިސްއިން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ހިއުމަން ކެޕިޓަލް މެނޭޖްކުރުމަށާއި، މުއައްސަސާ ހަރުދަނާކުރުމަށާއި، ފެސިލިޓޭޝަން އެންޑް ރިސްކް މެނޭޖްކުރުމަށާއި، ބޯޑަރ ސެކިއުރިޓީ އެންޑް އެންފޯސްމަންޓް އޮޕަރޭޝަންގެ މަސައްކަތާއި، ވިލަރެސްކުރުމާއި އަދި ގުޅިގެން މަސައްކަތްކުރުމަށް އެ ސަރވިސްއިން 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި އެ އަހަރުތައް ނިމުނުއިރު ހާސިލުކުރެވިފައިވާ މިންވަރު ޕްރެޒެންޓޭޝަންގައި ފާހަގަކުރައްވާފައިވެއެވެ. އަހަރު ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންއާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ ސަރވިސްއިން ސާފުކޮށްދެއްވާފައިވެއެވެ. އަހަރު ރިޕޯޓުތައް ދިރާސާކުރެއްވުމުގެ ގޮތުން، އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށް ކޮމިޓީން ނިންމަވާފައިވާތީ، އެ އޮފީހުގެ ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA