ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

18 އޮކްޓޯބަރު 2022 12:30

ނަންބަރު

20

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އެގޮތުން އެ އޮފީހުގެ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބޭސްލައިންއެއް ކަމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅުއްވާފައިވަނީ 57.5 މިލިއަން ރުފިޔާކަމުން، ބޭސްލައިން ބަޖެޓް 61 މިލިއަން ރުފިޔާއަށް އިތުރުކުރުމާމެދު މިނިސްޓްރީ އޮފް ފިނޭންސްގެ ޙިޔާލު ހޯއްދެވުމަށްފަހު، އޮޑިޓަރ ޖެނެރަލް އޮފީހުގެ މަޝްވަރާއާއެކު އެ އޮފީހުގު 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދެން އޮންނަ ބައްދަލުވުމެއްގައި ފާސްކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
4 އޮކްޓޯބަރު 2022 - އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުން-
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA