ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 އޮކްޓޯބަރު 2022 10:00

ނަންބަރު

31

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ރިޔާސަތުން މައްސަލައެއް ހުށަހެޅުއްވިއެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ވިއްކާ ބޭސްތަކުގެ އަގު ބޮޑުވެފައިވާ ކަމުގެ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭނަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބު މިއަދާ ހަމައަށްވެސް ލިބިފައިނުވާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު 2 ދުވަހުގެ ތެރޭގައި އެ ސިޓީގެ ޖަވާބު ފޮނުއްވުމަށް އެ ކުންފުންޏަށް އެންގެވުމަށް ނިންމެވިއެވެ. އެއަށްފަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ޤަރާރާ ގުޅޭގޮތުން އެކި އިދާރާތަކުން ފޮނުއްވާފައިވާ މަޢުލޫމާތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި މައްސަލައިގެ ކޮމިޓީ ރިޕޯޓް ވީހާވެސް އަވަހަކަށް ނިންމުމަށާއި އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން 3 މަސް ދުވަހުގެ ތެރޭގައި ރޭޓްތައް ހަމަހަމަކުރުމާ ގުޅޭ ދިރާސާ ރިޕޯޓެއް ތައްޔާރުކުރެއްވުމަށްފަހު މި މައްސަލައަށް ޙައްލެއް ހޯދުމަށް ކޮމިޓީގެ ރިޕޯޓުގައި ހިމެނުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވައި، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ތާއިދުކުރެއްވިއެވެ. އަދި މި މައްސަލައިގެ ރިޕޯޓުގައި މެންބަރުންގެ ހުށަހެޅުންތައް ހިމެނުމަށްފަހު އެ ހުށަހެޅުންތަކަށް ވަކިވަކިން ވޯޓަށް އެއްސެވުމަށް ނިންމެވިއެވެ. އެއަށްފަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު ފިރާޟް، ހއ.އިހަވަންދޫ/ އާޒާދީބަހާރު އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މެންބަރުންނާ ޙިއްޞާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA