ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ (ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ދިރާސާކުރުން)

1 ވަނަ ބައްދަލުވުން

18 އޮކްޓޯބަރު 2022 13:00 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހުށަހަޅުއްވާ، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ގ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާގުންވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާގުންވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ކޮމިޓީގެ ހިންގާ ގަވާއިދަކީ މައިކޮމިޓީގެ ގަވާއިދުކަމަށް ނިންމަވައި، ކޮމިޓީގެ ކޯރަމް އަކީ 2 މެންބަރުންކަމަށާއި ވޯޓިންގް ކޯރަމް އަކީ 3 މެންބަރުންކަމުގައި ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، ކޮމިޓީގައި މަޝްވަރާކުރެއްވީ ކޮމިޓީގެ މަސައްކަތް ނިންމައި މައިކޮމިޓީއަށް ފޮނުވާނެ ތާރީޙަކާމެދުއެވެ. އެގޮތުން ކޮމިޓީގެ މަސައްކަތް 27 އޮކްޓޫބަރު 2022 ވަނަ ދުވަހު ނިންމައި މައިކޮމިޓީއަށް ފޮނުވުމަށެވެ. ދެން، ކޮމިޓީގައި މަޝްވަރާކުރެވުނީ ބިލު ދިރާސާކުރައްވާއިރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި އެޓަރނީ ޖެނެރަލްގެ ބޭފުޅުންނާ ބައްދަލުކުރައްވައި ބިލާ ގުޅޭގޮތުންނާއި އަދި އެކި މުއައްސަސާތަކުން ބިލަށް ހުށަހަޅުއްވާފައިވާ ޚިޔާލާއި އިޞްލާހު ތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 އޮކްޓޯބަރު 2022

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ދިރާސާކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA