ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

24 އޮކްޓޯބަރު 2022 12:30

ނަންބަރު

36

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ 2019، 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކާ ގުޅޭގޮތުން އިދާރާތަކުން ހިއްސާކުރައްވާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް އެއިދާރާތަކުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެއިދާރާތަކަށް އެންގުމަށް ނިންމެވިއެވެ. އެއަށްފަހު، ކޮމިޓީއަށް ފޮނުވާފައިވާ ބިލުތަކުގެ ސުންގަޑިތައް ހަމަވެފައިވާތީ ސުންގަޑި މަޝްވަރާކުރުމަށްފަހު، ބިލުތަކުގެ ސުންގަޑިތައް އިތުރުކުރުމަށް ނިންމިއެވެ. އެގޮތުން، ކޮމިޓީގައިވާ ދެ ބިލުގެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި ދެ ހުށަހެޅުމެއް ހުށަހެޅިގެން ދިޔައެވެ. އެއީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކޮށް، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ 30 މާރިޗު 2023 ކަމަށް ކަނޑައެޅުމަށް ހުށަހެޅި ހުށަހެޅުމާއި އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކޮށް، ކުންފުނީގެ ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ 30 މާރިޗު 2023 ކަމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ. މި ދެ ހުށަހެޅުމަށް ވޯޓަށް އެހުމުން، އެވަގުތު ކޮމިޓީގައި ތިބި މެންބަރުންގެ އިއްތިފާޤުން މި ދެ ހުށަހެޅުން ވެސް ވަނީ ފާސްކުރައްވާފައެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA