ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

24 އޮކްޓޯބަރު 2022 13:36

ނަންބަރު

16

2022 ވަނަ އަހަރު ޢާންމު ކޮމިޓީގެ 16 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ހުށައަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން ކޮމިޓީއަށް މިހާރު ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިއަދަށް ތާވަލުކުރައްވާފައިވާ 3 މައްސަލައެއް ދިރާސާކުރައްވާ ބެއްލެވިއެވެ. އެގޮތުން، އެސިސްޓަންޓް ސަރޖެންޓް އެޓް އާމްސްގެ މަޤާމުގެ ކްލެސިފިކޭޝަނަށް ގެންނަން ބޭނުންވާ ބަދަލު ފާސްކޮށްދެއްވުމަށްއެދި ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން، މިކަމުގައި މަޖިލީހުގެ އަމީންޢާންމުގެ ލަފާފުޅުހޯއްދެވުމަށް އިތުރަށް މަޝަވަރާކުރައްވާ، މައްސަލައިގާ ގޮތެއްނިންމެވުން މާދަމާ (25 އޮކްޓޫބަރު 2022) އަށް ތާވަލުރެއްވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ވަކި ދާއިރާއަކަށް ތަފާތު ނުކުރެވޭނެ އުޞޫލަކުން ތަރުތީބުކޮށްދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލާގައި، މި މައްސަލައަކީ ކުރިން މި ކޮމިޓީން ބައްލަވާ، ދިރާސާކުރައްވާ އަދި ރިޕޯޓްނެރުއްވާފައިވާ މައްސަލައަކަށްވުމުން، މިމައްސަލަ ކޮމިޓީން އިތުރަށް ބެއްލެވެންނެތްކަން ބަޔާންކޮށް މައްސަލަ ހުށައެޅުއްވާފައިވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ސިޓީއަކުން ދެންނެވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. އެންމެފަހު މައްސަލައެއްގެ ގޮތުން، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުންފެށިގެން 2019 ޖޫން މަހުގެ ނިޔަލަށް ސާޖަންޓް އެޓް އާމްސްގެ ބެލުމުގެ ދަށުގައިވާ ސެކިއުރިޓީ ކޮންޓިންޖެންޓްއިން ކޮށްފައިވާ މަސައްކަތަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓާއި ގުޅިގެން ހުށައަޅުއްވާފައިވާ މައްސަލާގައި ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، ރިޕޯޓް ޖުމްލަގޮތެއްގައި ރަނގަޅުކަމުގައިވީ ނަމަވެސް، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ސާރޖެންޓް އެޓް އާރްމްސް އަށް ކުރިމަތިވެ ވަޑައިގެން ދަތިތަކާއި ގޮންޖެހުންތަކާއި އިސްލާޙުކުރަންޖެހޭ ކަންކަން ހިމަނުއްވަންވާނެކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށް ކޮމިޓީން ކަނޑައަޅުއްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA