ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2022 13:10

ނަންބަރު

17

2022 ވަނަ އަހަރު ޢާންމު ކޮމިޓީގެ 17 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ހުށައަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން ކޮމިޓީއަށް މިހާރު ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިއަދަށް ތާވަލުކުރައްވާފައިވާ މައްސަލަތަކުގެ ސްޓެޓަސް ބެއްލެވިއެވެ. އެގޮތުން، އެސިސްޓަންޓް ސަރޖެންޓް އެޓް އާމްސްގެ މަޤާމުގެ ކްލެސިފިކޭޝަނަށް ގެންނަން ބޭނުންވާ ބަދަލު ފާސްކޮށްދެއްވުމަށްއެދި ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން، މިކަމުގައި މަޖިލީހުގެ އަމީންޢާންމުގެ ލަފާފުޅުހޯއްދެވުމަށްފަހު، ސަރޖެންޓް އެޓް އާމްސްއާއި އެސިސްޓަންޓް ސަރޖެންޓް އެޓް އާމްސްގެ ކްލެސިފިކޭޝަންވެސް މުރާޖަޢާކުރަންޖެހިފާ އޮތުމުން، ދެމަސައްކަތް އެކުގައި ކުރެއްވެވުމަށް ނިންމެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަދެ ނުކުތުމުގައި ދިމާވާ ދަތިތައް ޙައްލު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާ ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައިގައި،ކޮމިޓީގެ މުޤައްރިރު މަޖިލީހުގެ އަމީންޢާންމުގެ އަރިހުން މަސައްކަތް އޮތް ހިސާބު ބައްލަވާ، މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިކަން ކޮމިޓީއާ ޙިއްސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA