ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2022 12:30

ނަންބަރު

37

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ގއ.ވިލިނގިއްޔާ ގުޅިފައިވާ އެކެފަރުގައި ބަންކަރިންގ ފެސިލިޓީއެއް ޤާއިމުކުރާއި ގުޅޭގޮތުން، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެއްވާފައިވާ މައުލޫމާތުތަކަށް ރިޢާއަތްކޮށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ޖަވާބު ދެއްވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
17 ޖެނުއަރީ 2022 - ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA