ކޮމިޓީގެ ނަން

ބަޖެޓް ދިރާސާކުރާ ކޮމިޓީ

ތާރީޚް

31 އޮކްޓޯބަރު 2022 12:30

ނަންބަރު

1

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ 01 ވަނަ ބައްދަލުުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، ޝަބާނާ ރަޝީދެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، 1 ހުށަހެޅުން ހުށަހެޅިގެން ދިޔައެވެ. އެއީ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާއީދުކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ގެ ނަންފުޅެވެ. ހުށަހެޅިފައިވާ ހުށަހެޅުމާއި އެއްގޮތަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްގެ ނަންފުޅަށް ވޯޓަށް އައްސަވައި، ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޤްލަބިއްޔަތުން (19 ވޯޓުން) ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ވެސް ހުށަހެޅިގެން ގޮސްފައިވަނީ 1 ހުށަހެޅުމެވެ. އެއީ، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ޢަބްދުﷲ ހުށަހަޅުއްވައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ތާއީދުކުރެއްވި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންގެ ނަންފުޅެވެ. ހުށަހެޅި ތާއީދު ލިބިފައިވާ ނަންފުޅަށް ވޯޓަށް އައްސަވައި، ކޮމިޓީގެ އަޤްލަބިއްޔަތުން (19 ވޯޓުން) އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބު ގޮތުގައި ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، 2022 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީއިން ފާސްކޮށްފައިވާ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން (20 ވޯޓުން) ފާސްވެފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަޖެޓު ދިރާސާކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށާއި، މިނިވަން މުއައްސަސާތަކަށް 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން އެ މުއައްސަސާތަކުގެ ޚިޔާލު ހޯއްދެވުމަށް ކޮމިޓީގެ އިއްތިފާޤުން (20 ވޯޓުން) ނިންމެވިއެވެ. އަދި އެ މުއައްސަސާތަކުން ފޮނުއްވާ ހިޔާލުތަކަށް ރިޢާޔަތްކުރުމަށްފަހު މިނިސްޓަރ އޮފް ފިނޭންސް އާ ބައްދަލުކުރެއްވުމަށްވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
31 އޮކްޓޯބަރު 2022 - ދައުލަތުގެ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުން.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA