ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

2 ނޮވެމްބަރު 2022 10:33

ނަންބަރު

14

2022 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 14 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އަދި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުޅައަޅާ ޕެޓިޝަން ކޮމިޓީން ދިރާސާކުރައްވާފައިވެއެވެ. އެގޮތުން، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ބެއްލެވުމަށް ކޮމިޓީގެ މެންބަރުން ޅ.ނައިފަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމެވިއެވެ. އަދި މައްސަލައާއި ގުޅިގެން ކޮމިޓީން ދެން ބާއްވަވާ ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީގެ އިއްތިފާގުން ނިންމެވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންގެ ފަރާތުން ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި ގުޅިގެން، ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރުވަނީ އޮޑިޓަރ ޖެނެރަލް އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރާއިއެކު ބޭއްވުނު ނުރަސްމީ ބައްދަލުވުމުގައި އެބޭފުޅުން ދެއްވި ލަފާ ކޮމިޓީގެ މެންބަރުންނާއި ޙިއްސާކުރައްވާފައިއެވެ. ނަމަވެސް، މެންބަރުން އެދިލެއްވީ ކުރިންވެސް ނިންމަވާފައިވާ ފަދައިން، މިމައްސަލައާއި ގުޅޭ ޚާއްސަ އޮޑިޓެއް ހައްދަވައިދެއްވުމަށް އޮޑިޓަރ ޖެނެރަލަށް ސިޓީއަކުން ދެންނެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA