ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

1 ނޮވެމްބަރު 2022 11:15

ނަންބަރު

35

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ފޮރުވުމަށާއި އަދި ޚިޔާނާތާގުޅޭ 30 މައްސަލައެއް ނުބަލައި އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލާފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޕީ.އެސް.އެމް އާ ގުޅޭގޮތުން ކޮމިޓީއަށް ފާހަގަކުރެވިފައިވާ މައްސަލަތައް ބަޔާންކޮށް، އެ މައްސަލަތައް ޙައްލުކުރުމަށް އެ ކުންފުންޏާއެކު މަޝްވަރާކުރުމަށްފަހު، އެ މައްސަލަތައް ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ރިޕޯޓެއް 15 ޖަނަވަރީ 2023 ގެ ކުރިން ފޮނުއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި އެ ކުންފުނީގެ ކޮމްޕްލަޔަންސް އޮޑިޓެއް 15 ޖަނަވަރީ 2023 ގެ ކުރިން ފޮނުއްވުމަށް އޮޑިޓަރ ޖެނެރަލްއަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ތ. ފުނައްޑޫގެ މަސް ފެކްޓްރީއިން ރޯމަސް ގަނެ މި މަސައްކަތް ފެށުމަށް ކުރަން ހުރި މަސައްކަތްތައް ލަސްވަމުންދާތީ، އެކަމުގައި މިފްކޯއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިވާކަން ނުވަތަ ނޫންކަން ބައްލަވައިދެއްވުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެކަމުގެ މަޢުލޫމާތު މިފްކޯއާއި އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ސާފުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA