ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

8 ނޮވެމްބަރު 2022 11:10 ނަންބަރު 58

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑިއެއްކަމަށް 30 ނޮވެންބަރު 2022 ކަމުގައި ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، އަލްއުސްތާޛު އަޙްމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މި މައްސަލައާ ގުޅިގެން، މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި އެފަދަ މައްސަލަތައް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އިޖުރާޢަތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކޮމިޓީން ނިންމައި، ކޮމިޓީން ނިންމާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށްދެއްވައި މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލަ މަޖިލީހަށް ފޮނުވުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 ނޮވެމްބަރު 2022

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓު ނަންބަރު D-DC152/TF6/2022/05

ކޮމެޓީ މަސައްކަތް ނިމިފައި

7 ނޮވެމްބަރު 2022

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

27 ޖޫން 2022

ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް)

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA